Title: Rukkuri kolheh fadha
Album: Rukkuri
Artist: Mukhthaar
ރުއްކުރި ކޮޅެއް ފަދަ ދޮން ގޮމާ، އިންނަން މަ ހޯދާނަމޭ
ރުއްސަން ރަނާ ރިއްސާ މުތީ، ރުއްޖެހި އަތަރުވެސް ދޭނަމޭ
ރިއްސެޔޮ ލަމުން ދިޔަ އިރު ގޮމާ، އަސްތާ އެއީ ފަތްމިންޏެކޭ
ރިއްސާ ހިތަށް ފަރުވާއަކަށް، ގޮމަޔާ މަ ފިކުރާ ވާނަމޭ
ގޮމަޔާ ދެވަންނާ ދާނަމޭ، މަސްއޮޑި މަދުއްވައި ދޭނަމޭ
އަމަޔަށް ލިބާހާ ފޭލިދީ، ބަފަޔަށް މަ ހެޔޮމީސް ވާނަމޭ
ހިތުއޮތް ގޮތަށް ވިއްޔާ މަދެން، ދަތުރެއްމަތީ ރަށްފުޅު ބަލަން
އުތުރަށް ގޮވައިގެން ގޮސްލުމަށް، ނަދުރެއް މަ ބުނެވެސް ފާނަމޭ
ހުންނާނަމޭ އަބަދަށް މިހެން، ފަހުނޭވަޔާ ހަމަޔަށް ނިކަން
އިންނާނަމޭ ގޮމަޔާ މަ ދެން، ޢަޒުމެއް ދުލެއް ނުކުރާނަމޭ
Listen & Download