Ilaahi Mi Bin

Title: Ilaahi Mi Bin     Album: Gaumee Lava

އިލާހީ މިބިން ކުރައްވާށި އަމާން، މިއަޅާގެ އުފަން ދިވެހިންގެ މިބިން
ތިބާ ޙަޟްރަތުން އޮހޭ މަދަދުން، ފިލާނުމެދާ ދިވެހިންގެ މިބިން
މިތާގެ ވަޔާ މިތާގެ ފެނާ ،މިތާގެ ކަނޑާ އެކަނޑުގެ އޮޔާ
ގަތާ އުދަރެސް މިރުކުގެ ފަނާ، މިތާ މިއަޅާގެ ގުޅިފައިވާ
ޤުދުރަތުގެ އިލާހީ ނިޢުމަތުގާ، އަބަދުގެ އަބަދަށް ދިރެމުން ދިރެނީ
މިޤައުމުގެ ކާ ބަފައިންގެ ލެޔާ، އެ ކަށިތައް އެކުވެދިޔަ ވެއްޔާ
މިއަށްވުރެ ވަކި ޢަޒީޒު ތަނެއް، ނުވާ މިއަޅާ އުފަންވި ހިޔާ
ތިޔަ މަތިވެރި ރަޙްމަތުގާ ލައްވާ، ބަރަކާތުގެ ވާރޭ ވެއްސަވަމުން

Preview & Download

Leave a Reply

Your email address will not be published. Required fields are marked *